ކޮވިޑް19 ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ވޮލެންޓިއަރުންގެ ދަފްތަރު އެކުލަވާލަން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެޗްއީއޯސީގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ރެޖިސްޓްރީ ކުރުމަށް ހުޅުވާލައިފާވާ ކަމަށެވެ.

މިގޮތުން އެކުލަވާލާ ދަފުތަރުގައިވާ ފަރާތްތަކަށް އެ ސެންޓަރުން ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ކަމަށާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެވަގުތެއްގައި އެޗްއީއޯސީގައި ކުރަންޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް ވޮލަންޓިއަރުން ނަގަމުންދާނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، އެޗްއީއޯސީގައި އަދި އެޗްއީއޯސީގެ ދަށުން މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.