ދިވެހިންނަށް ވިސާ އާ ނުލާ އިންޑިއާއަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މި މަހުގެ 15 އިން ފެށިގެން ބޭސްފަރުވާ، ވިޔަފާރި އަދި އެހެނިހެން ބޭނުންތަކަށް އިންޑިއާ އަށް ދަތުރުކުރާ ފަރާތްތަކަށް ވިސާއާ ނުލާ ދަތުރުކުރެވޭނެ ކަމަށެވެ.

ރާއްޖެ އަކީ ކޮވިޑްގެ ފިޔަވަޅުތައް އިންޑިއާގައި އެޅިފަހުން ވިސާއާ ނުލާ އެގައުމަށް ދަތުރުކުރުމަށް ހުއްދަ ދިން ފުރަތަމަ ގައުމު ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ހައި ކޮމިޝަނުން ބުނީ އެ އެގްރިމެންޓުގެ ދަށުން ސިއްހީ ފަރުވާ، ވިޔަފާރީގެ ބޭނުމުގައި އަދި ޓޫރިސްޓުންގެ ގޮތުގައި ވިސާ އާ ނުލާ 90 ދުވަހަށް ދިވެހިންނަށް ދަތުރު ކުރެވޭނެ ކަމަށެވެ.

މިއީ ޑިސެމްބަރު، 2018 ވަނަ އަހަރު ރާއްޖެއާ އިންޑިއާއާ ދެމެދު ސޮއިކުރި އެގްރިމެންޓްގެ ދަށުން ދިން ލުޔެއް ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ވިސާ މައްސަލަ ހައްލުވެފާ މިވަނީ އިންޑިއާއަށް ބޭސް ފަރުވާއަށް ދާ މީހުންގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. އެގޮތުން އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށް ވިސާ ހޯދުމަށް އެޕޮއިންޓްމަންޓް ހޯދަން ޖެހުމާ، ކިއޫގައި ގިނަ ވަގުތު ތިބެންޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް އާންމުން އަންނަނީ ކުރަމުުންނެވެ.