ހިޔާ ފްލެޓުގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް ބަލާ ފާސް ކުރުން މާދަމާ ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައި ވާ 7206 ފުލެޓު ގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް އެމްއެންޑީއެފުން ބަލާފާސް ކުރުމުގެ މަސައްކަތްތައް މިމަހު 22 އިން ފެށިގެން ކުރިޔަށްދާ ކަމަށެވެ.

މިގޮތުން މާދަމާ ޓަވަރު H5 އަދި H6 ގައި މަސައްކަތް ކުރިއަށްގެންދިއުމަށް ތާވަލް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ މަސައްކަތްކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ ގަޑިތައް:

އެހެންކަމުން ތާވަލްގައި އަންގާފައިވާ ގަޑިތަކުގައި އެ ޓަވަރުތަކުން ފުލެޓު ލިބިފައިވާ ފަރާތްތަކުން އެމްއެންޑީއެފްއިން ބަލާ ފާސް ކުރުން ނިމެންދެން ފުލެޓުތައް ހުޅުވާފަ ބެހެއްޓުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަދި ފުލެޓުހަވާލު ކުރެވުނު އިރު ހަވާލު ކުރެވިފައިވާ އަލިފާން ނިއްވާ ފުޅި އަދި ރަޖާ ފެންނާނެ ގޮތަށް ބެހެއްޓުމަށް ވެސް އެޗްޑީސީން ވަނީ އެދިފައެވެ.