ރާއްޖޭގެ އިތުރުން 90 ގައުމެއްގައި އެންމެ ގިނަ ބަޔަކު މިވަގުތު ނެޓްފްލިކްސުން ބަލަމުންދާ ސީރީޒަކަަށް "ސްކުއިޑް ގޭމް" ވެއްޖެއެވެ.
ރާއްޖޭގެ ނެޓްފްލިކްސްގައި ވެސް މިވަގުތު އެއްވަނައިގައި އޮތް މި ސީރީޒަށް ހީވެސް ނުކުރާ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވާއިރު މި ސައުތް ކޮރެއަން ނެޓްފްލިކްސް އޮރިޖިނަލް ސީރީޒްގެ ލީޑް ރޯލުން ފެނިގެން ދަނީ ކޮރެއާގެ ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ އެކްޓާ ލީ ޖަންގް ޖޭއެވެ.
މި ސީރީޒްގައި ގެނެސްދެނީ ހަރުކަށި ގަވާއިދުތަކެއްގެ މައްޗަށް ބިނާކޮށް ކުޅެން ޖެހޭ ކުޑަކުދިންގެ ގޭމެއް ކުޅެގެން މޮޅުވާ މީހަކަށް ކޮރެއާގެ 45.6 ބިލިއަން ވޮން ލިބޭ މަންޒަރެވެ.
މި ގޭމުތަކުން ފެއިލްވާ މީހުންނަށް ލިބޭ އަދަބަކީ މަރު ކަމަށް ވާއިރު މި ގޭމުތައް ކުޅުމަށް އެކިއެކި އުކުޅު އެކި މީހުން ބޭނުންކުރާ މަންޒަރު ވެސް މި ސީރީޒުން ދައްކުވައިދެއެވެ.
މި ސީރީޒް ގިނަ ބަޔަކު މިހާރުވެސް ބަލަމުން ދާއިރު އެމެރިކާ އަދި އިނގިރޭސިވިލާތުގައި ވެސް "ސްކުއިޑް ގޭމް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
މީގެ އިތުރުން މި ސީރީޒާއެކު އެއިން ފެނިގެންދާ އަންހެން އެކްޓްރެސް ހޮ ޔޮންގް ޖަންގް އަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ނުވަ އެޕިސޯޑްގެ މައްޗަށް އެކުލެވިގެންވާ މި ސީރީޒްގެ ދެވަނަ ސީޒަނަކަށް ގިނަ ބަޔަކުން ދަނީ އިންތިޒާރު ކުރަމުންނެވެ.