ގޭންގްތަކުގެ މައްސަލަ ހަމައަކަށް އަޅުވަން ޕްލޭނެއް އެކުލަވާލަމުން ދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގައި މަގުމަތީގެ އަަމާން ކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކާތެރި ކަަމަކީ މަގުމަތީގައި އުފެދިފައި އޮތް ގޭންގްތައް ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު ޕްލޭނެއް އެކުލަވާލަމުން ދާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އެގޮތުން މިހާރު މައްސަލަ ހައްލު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައި އެބަހުރި ކަމަށާއި އަދި މި އަހަރު ނިމުމުގެ ކުރިން ރަނގަޅު ޕްލޭންއަކާ އެކު މަސައްކަތް ފެށުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މަސައްކަތަކީ ފުލުހުންނާ ވެސް ގުޅިގެން ކުރަމުންދާނެ މަސައްކަތެއް ކަމުގައި އިމްރާން ފާހަގަ ކުރެއްވިއެވެ.
މިހާރު ވެސް ގޭންގް މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިމްރާން ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މިހާރުގެ ހާލަތު ކޮންޓްރޯލް ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ގިނަ މުއައްސަސާތަކެއް އެކުވެގެން މި މައްސަލަ ހައްލު ކުރަން މަސައްކަތް ކޮށް ދުރު މުސްތަގްބަލެއްގައި މި މައްސަލަ ހައްލުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ރާއްޛޭގައި ގޭންގް މައްސަލަ އަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަކީ އުންދަގޫ މަސައްކަތެއް ކަމަށް އިމްރާން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް އިމްރާން ދެކެވަޑައެއް ނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ކުރީގައި ކާބަފައިންގެ ދުވަސްވަރު އޮތް އަމާން ސުލްހަވެރި މުޖުތަމައު އަނބުރާ ގެނައުމަކީ އަޒުމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
ގޭންގު މައްސަލަ ހައްލުކޮށް މަގުމަތި އަމާން ތަނަކަށް ހަދައި ދޭނަމޭ ވިދާޅުވުމަކުން އެކަމެތް އަދި ހައްލުވި ކަމަކަށް ނުބެލެވޭނެވެ. އެކަމެއް ބެލެވޭނީ ނުގުޑާފަދަ އަޒުމަކާއި ސާބިތުކަމާއި އެކު ފަހަތަށް ޖެހިވަޑައި ނުގަންނަވާ އިވޭ އަޑަކަށް ފެންނަމުން ދާ މަންޒަރަކަށް ނުބައްލަވާ އެކަމެއް ކޮށްނިއްމަވައި ދެށްކުމައް ފަހުނޫނީ އަޅުގަނޑުމެންގެ ހިއްތަކަށް ތަސައްލީއެތް ލިބި، ގެން މެނުވީ ބަލައިނުގަނެވޭނެ ވާހަކަ. ޥ ޙިތާަމަ އާއުކު ދަންނަވަމެވެ. ސުކުރަން.
ހަންޑި ކޮށި