ކޮވިޑް-19ގެ ސަބަބުން ކަނޑާލި ސިވިލް ސާވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސް އާއި ޕާފޯމެންސް އެލަވަންސް އަލުން ދެވެން ފެށޭނީ 2023 ގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެހެން ވިދާޅުވީ ސިވިލް ސާވެންޓުންގެ އެލަވަންސްތައް އަލުން ދޭން ފަށާނެ ތާރީހާ ގުޅިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޝަފީގަށް ލިޔުމުން ފޮނުއްވި ޖަވާބުގައި އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ހަރަދުކުޑަކުރަން ބެލިއިރު އެންމެ ފުރަތަމަ ކުޑަކުރެވެން އޮތީ ހަރަދުކުރުމަށް ކޮމިޓްނުވާ ނުވަތަ ޑިސްކްރެޝަނަރީ ހަރަދުތައް ކަމަށެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ ކޮވިޑް-19 ގެ ކުރިން ހުރި މިންވަރަށް އިއާދަވާނެކަމަށް އަންދާޒާކުރެވެނީ 2023 ވަނަ އަހަރު ކަމުން، އެއަހަރާ ހަމައަށް މިހާރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓަވަން ނިންމަވާފައިވާ ކަމަށެވެ.

ދައުލަތުގެ އާމްދަނީ ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް އަންދާޒާ ކުރެެވެނީ 2023 ވަނަ އަހަރު ކަމުން އެއަހަރާ ހަމައަށް މިއަހަރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ، ދައުލަތުގެ ކޭޝްފްލޯ އަދި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ ފިޒިކަލް ސްޓްރެޓީއާއި ބަޖެޓުގެ ހިސާބުތައް ތައްޔާރު ކުރުމުގައި ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ވަނީ ބަލައިފަ
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މުވައްޒަފުންގެ ޕްރޮމޯޝަން އަކީ ކޮވިޑް-19އާއެކު ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަގުތީގޮތުން މުވައްޒަފުންނަށް ދިނުން ހުއްޓާލާފައިވާ އެލަވަންސެއް ކަމަށާ، އެގޮތުން އެހެން ދާއިރާތަކެކޭ އެއްގޮތަށް، ތައުލީމީ ދާއިރާއިން ޕްރޮމޯޝަންއާއެކު ދެވޭ ސެޓްފިކެޓް އެލަވަންސް އާއި ޕާފޯމަންސް އެލަވަންސް ދިނުން ވެސް ވަގުތީ ގޮތުން މެދުކަޑާލި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އިގްތިސާދީ ގޮތުން ދިމާވި ދަތި ހާލަތުން އަރައިނުގަނެވުނު ނަމަވެސް، ގިނަ މުވައްޒަފުންތަކަކާ އިދާރާތަކެއްގެ މަތިން ސެޓިފިކެޓް އެލަވަންސް މިހާރު ދޭން ފަށާފައިވާ ކަމަށެވެ.

ނަމަވެސް ޕާފޯމަންސް އެލަވަންސް އަދި ދޭން ފަށާފައިނުވާއިރު، އެއެލަވަންސް އަލުންދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގޮސް، ފިސްކަލް ޑެފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުން ކަމަށް އަމީރު ވިދާޅުވިއެވެ.