އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުންނެއެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން ފެށިގެން، ބައްރުތަކަށް ފެތުރި، އެތުރިފައިވާ ބޮޑެތި ގައުމުތަކަށް ވެސް ކޮވިޑް-19ގެ ނަތީޖާއަކީ ހަމަ އެކައްޗެއް ކަމަށެވެ. އަދި ދައްކައި ދިނީ ކުރިންވެސް ގަބޫލު ކޮށްގެން ތިބި ހަގީގަތްތަކެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ،

އެއީ، އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތްކަން ކަމަށާ އަމާން، ރައްކާތެރި ދިރިއުޅުމަކަށްޓަކާ އެންމެން އެއްބައިވަންތަ ވެ އެކުވެރިވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ޤައުމުތަކުން ފެށިގެން، ބައްރުތަކަށް ފެތުރި، އެތުރިފައިވާ ބޮޑެތި ޤައުމުތަކަށްވެސް ކޯވިޑް-19ގެ ނަތީޖާއަކީ ހަމަ އެކައްޗެއް. ދައްކައިދިނީ ކުރިންވެސް އަޅުގަނޑުމެން ގަބޫލުކޮށްގެން ތިބި ޙަޤީޤަތްތަކެއް. އެއީ، އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތްކަން. އަމާން، ރައްކާތެރި ދިރިއުޅުމަކަށްޓަކައި އެންމެން އެއްބައިވަންތަވެ އެކުވެރިވާންޖެހޭކަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވަނީ މުޅި ދުނިޔެ ތަހަމަލުކުރަން ޖެހުނު ކޮވިޑް-19ގެ ބަލިމަޑުކަމަކީ ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުން ތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭ އިސްތިސާދުގެ ނާރެސް ބަރޯސާ ވަނީ ފަތުރުވެރިކަމަށް ކަމަށާއި ކާބޯތަކެއްޗާ، ބޭހާއި އަދި ބޯހިޔާވަހިކަމަށް ބޭނުންވާ ތަކެތި ގެންނަން ޖެހެނީ ބޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަހައްމަލް ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފަތުވެރިކަން މުޅިން ހުއްޓި، ބޭރު ފައިސާ ލިބުން ދަތިވެ ވިޔަފާރިތައް ހުއްޓުމަކަށް ދިޔަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އެނދުމަތިވި ކަމަށާ ދެލޯ ނޭދި އެދޭ އަޅުގަނޑުމެންގެ ދަރީންގެ ތައުލީމު އަހަރުތަކަކަށް ފަހަތަށް ޖެހުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިކަންކަމާ ކުރިމަތިލުމުގައި އިހަށް ވިސްނަންޖެހުނީ، މިކަމުގައި ވިސްނަންވީ ގޮތަކީ ކޮބައިތޯ؟ ބޯޑަރުތައް ބަންދުކުރީ، ހިތާއި ޒަމީރު ރުހިގެން ކުރިކަމެއް ނޫން. ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން. އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެވަގުތު ޖެހުނު. މި ބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަންޖެހުނީ ސުމަކުން. އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވި މިބަލިމަޑުކަމުގެ ތެރެއިން މިހާ ހިސާބަށް އާދެވެންދެން ކަންތައްތަކެއް ކަށަވަރުކުރިކަމަށެވެ.

އެއީ ކަމާބެހޭ ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގާ ދެމިތިބުން، މުވައްޒަފުންނާ މުއައްސަސާތަކާ ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވާލުން، ކާޑާ، ބޭހާ، ތެލާ، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަން ކުރުން، ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ ރާއްޖޭގައި ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 ޕަސަންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި ކަމަށާ ވެކްސިން ޖެހޭ އުމުރުފުރާގެ 95 ޕަސަންޓަށް ވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ވެސް ފުރިހަމަ ވެއްޖެ ކަމަށެވެ. އަދި ސްކޫލްތައް ފެށި، ވިޔަފާރިތައް ހިނގައިގަނެ، ރިޒޯޓުތައް ހުޅުވިއްޖެކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.