މޫސުމަށް ސަމާލުވުމަށް އަންގައި ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާ މެޓް އޮފީހުން ބުނީ، ޔެލޯ އެލާތް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ.

އެ ހިސާބުގެ ރަށްރަށަށް އެލާޓް ނެރެފައިވާ ވަގުތު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވާއިރު އެ އިދާރާއިން ވަނީ ރޭ ފަތިހު 4:00 އިން ފެށިގެން މިއަދު ހެނދުނު 9:00 އާ ހަމައަށް ކ އަތޮޅުން ފެށިގެން ގދ އަތޮޅާ ދެމެދަށް މުސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ވައިޓް އެލާޓް ނެެރެފައެވެ. އޭރު ވައިޓް އެލާޓް ނެރުނީ މި ސަރަހައްދަށް ވެސް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށް ކަމަށް އެ އިދާރާއިން ބުނެއެވެ.