އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް (އޯޓީޖޭ) އަށް މައްސަލަ ހުށަހެޅުުގެ ވުގުތު މިރޭ 12 އާ ހަމައަށް އިތުރު ކުރަން އެ އޮފީހުން ނިންމައިފިއެވެ.

އެ އޮފީހުން ބުނީ ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސި މިނިވަންކަމާ ޚިލާފަށް ދަޢުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް-ހިންގުންތެރިން ހިންގާފައިވާ އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް ހުށަހެޅެމުންދާތީ، ވީހާވެސް ގިނަ އާންމުންނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިރޭ 12:00 އާ ހަމައަށް އޮފީހުގެ ރިސެޕްޝަނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން އެެއްވެސް ފަރާތަކުން އެ އޮފީހަށް މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ، އެ އޮފީހުގެ ރިޝެޕްޝަނަށް ނުވަތަ އީމެއިލް އެޑްރެސް އަށް މައްސަލަ ހުށަހެޅުމަށް އެ އޮފީހުން އިލްތިމާސް ކުރެއެވެ.