ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި 85 ޕަސަންޓު މީހުން ސޮއި ކޮށްފިއެވެ.

އެޗްޑީސީން ބުނީ މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވަނީ 88 ޕަސަންޓު މީހުން ކަމަށެވެ. އަދި އެގްރިމެންޓުގައި ސޮއި ކޮށްފައިވަނީ 85 ޕަސަންޓު މީހުން ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ނުކޮށް 15 ޕަސެންޓު މީހުން އެބަ ތިއްބެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

މިހާރު ސޮއި ނުކޮށް ހުރީ ޝެޑިއުލް ކުރި ތާރީހުތަކުގައި އެކި ސަބަބުތަކާއި ހެދި އެއްބަސްވުމުގައި ސޮއި ނުކުރާ މީހުންނެވެ.

ހިޔާ ފްލެޓުތަކަކަށް ކަރަންޓު ދޫކޮށް ފިނިޝިން ނިންމަން ދިނުމާއި އެކު އެޕާޓްމެންޓުމެންޓުތައް ނަހަދާ ގިނަ ބަޔަކު ދަނީ އެތަނަށް ދިރިއުޅުން ބަދަލު ކުރަމުންނެވެ.