ރަތް ޕްލެނެޓް ނުވަތަ މާސް ޕްލެނެޓްގައިވާ ރޭޑިއަޝަންގެ އަސަރުން އެ ޕްލެނެޓަށް ރައްކާތެރިކަން ލިއްބައިދޭ ގުދުރަތީ ކިއްލާއެއް ނުވަތަ ހިޔާވައްސެއް، މާސް ޕްލެނެޓެއް ފެނިފައިފައި ވާ ކަމަށް، ސައެންސްވެރިން ހާމަ ކޮށްފިއެވެ.

މާސް ޕްލެނެޓުގެ ވައިގެ ފަށަލަ ނުވަތަ އެޓްމޮސްފިއާއަކީ ދުނިޔެއާއި އަޅާ ބަލާއިރު އިންތިހާއަށް ތުނި ފަށަލައެއް ކަމުން، ނުރައްކާތެރި ރޭޑިއަޝުން ޕްލެނެޓު ސަލާމަތް ކޮށްދޭނެ ދަގަތްފާނީ އައްޑަނަވެސް އެ ޕްލެނެޓްގައި ހީނަރެވެ.

ނަމަވެސް، އެންމެ ފަހުގެ ހޯދުންތަކަށް ރިއާޔަތް ކުރާއިރު، ރޭޑިއޭޝަންގެ ބިރަށް ޖެހިލުން ނުވެ، މެޝިންތަކުގެ އިތުރުން އިންސާނުންނަށްވެސް މާސް ޕްލެނެޓުގައި އުޅެވިދާނެ ކަމަށް ބުނެވެއެވެ.

ޗައިނާގެ ޔުނިވަސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީއިން ކުރިއަށް ގެންދިޔަ ދިރާސާ އާންމު ކޮށްފައި ވަނީ، ޖިއޯފިޒިކަލް ރިސާޗް ލެޓާޒްގައެވެ. އެ ދިރާސާ ބުނާ ގޮތުގައި، ގުދުރަތީ ގޮތުން މާސް ޕްލެނެޓްގައި އުފެދިފައިވާ ހޮހަޅަތަކާއި ލާވާ ޓީއުބްތަކަކީ، ޖައްވީ ރޭޑިއަށުން ދިފާއު ލިއްބައިދިނުމަށް އެހީވެދޭނެ ތަންތަނެވެ.

ކުރިއަށް އޮތް ތަނުގައި މާސް ޕްލެނެޓަށް ކުރާ ދަތުރުތަކުގައި، ރޭޑިއޭޝަން އެސެސްމަންޓް ޑިޓެކްޓާ ބޭނުން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.