މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން ކޮލިފިކޭޝަންސް ރިކޮގްނިޝަނާ ގުޅޭގޮތުން މި މަހު 19 ވަނަ ދުވަހު ވެބިނާއެއް ބާއްވަން ނިންމައިފިއެވެ.

އެ އޮތޯރިޓީން ބުނީ މިއީ އެ އޮތޯރިޓީގެ ފަރާތުން ކުރިއަށް ގެންދާ ވެބިނާ ސީރީޒް ގެ ދަށުން ކޮލިފިކޭޝަންސް ރިކޮގްނިޝަން ނުވަތަ ސަނަދުގެ ފެންވަރު ބެލުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ވަރަށް ހާއްސަ ޕަބްލިކް ވެބިނާ އެއް ކަމަށެވެ.

މި ވެބިނާ ސީރީޒް އަކީ ރަޖިސްޓަރޭޝަން އަށް ހުޅުވާލައިގެން ގޫގުލް މީޓް ޕްލެޓްފޯމް ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވެބިނާ އެއް ކަމާއި ވެބިނާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10 އިން މެންދުރު 12 އަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

މި ވެބިނާ ގައި ކޮލިފިކޭޝަންސް ރިކޮގްނިޝަން ގެ މަސައްކަތް ކުރިއަށް ދާ ގޮތާއި މި މަސައްކަތުގައި ދިމާވާ ދަތިތަކާ ގޮންޖެހުންތަކާއި ސައްހަ ނޫން ސަނަދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނެއެވެ.

މީގެ އިތުރުން މި ވެބިނާ ގައި ބައިވެރިވާ ފަރާތްތަކުން ކުރާ ސުވާލުތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ފަރާތުން ޖަވާބު ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

ގޫގުލް މީޓް މެދިވެރިކޮށް ބާއްވާ މި ވެބިނާ ގައި ބައިވެރިވުމަށް ގައިވާ ފޯމުން ރަޖިސްޓާ ކުރުމުން، މި ވެބިނާ ގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ލިބޭނެއެވެ.