އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1075 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އިތުރު 9 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 2 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. އޭގެ އިތުރުން މަރަދޫ އިން 2 ކޭސް، ފޭދޫއިން 3 އިން ކޭސް، މަރަދޫފޭދޫން 1 ކޭސް އަދި މީދޫއިން 1 ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7 ޑައިރެކްޓް ކޮންޓެކްޓާ އަދި ފުލޫ ކްލިނިކުން 2 މީހަކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 1075 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 767 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 305 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 138 ކޭސްއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 10 ކޭސް، ފޭދޫގައި އެކްޓިވް 28 ކޭސް، ހިތަދޫގައި 86، މީދޫގައި 32 ކޭސް، ހުޅުދޫގައި 10 އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.