ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް 14 މީހަކަށާއި އަންހެނުންގެ ކޮމިޓީއަކަށް ދީފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން ދެމުން އަންނަ ރެހެންދި އެވޯޑް 2020 އަދި 2021 ވަނަ އަހަރު ކޮވިޑުގެ ހާލަތުގެ ސަބަބުން ނުބޭއްވުމުން ރޭ ވަނީ މި ދެ އަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ ބާއްވާފައެވެ.

ރޭ ރެހެންދި ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

2020 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބުނު ފަރާތްތައް:

  • އިޖުތިމާއީ ދާއިރާ: ފާތިމަތު އިބްރާހިމް އަދި މަރިޔަމް ޝުނާނާ
  • އަދާކުރާ ވަަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ: އައިޝަތު ހުސެއިން މަނިކެ، އާމިނަތު އަމީނާ، ހައްވާ ލަތީފު، މިންހާ ފާއިޒު ރަޝާދު އަދި ޝިފްޒާ މުސްތަފާ

2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބުނު ފަރާތްތައް:

  • ތައުލީމީ ދާއިރާ: އަހުމީމާ ލުތުފީ
  • ސައިންސް ޓެކްނޮލޮޖީ އިންޖިނިއަރިން، މެތަމެޓިކްސް ދާއިރާ: ޒީނިއާ އަހުމަދު ހަމީދު އަދި އައިޝަތު ޝަހާ ހާޝިމް
  • ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާ: ނާދިޔާ އަބްދުލްޣަފޫރު
  • ކުޅިވަރުގެ ދާއިރާ: ހައްވާ ރާމިޒާ
  • އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރާ: ސާޖަންޓް ފަސްޓް ކްލާސް ނަސީރާ ހަސަން
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ: ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ
  • އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެެ އެވޯޑު ހުށަހެޅޭ ކުރިމަތިލެވޭ ދާއިރާ: ޝިޔާމާ އަހުމަދު

ރެހެންދި އެވޯޑު ދެނީ އަންހެނުން ކުރާ މަސްއްކަތްތަކާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މި އެވޯޑު ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ވެސް ދެއެވެ.