ގްރޭޑް 1 ގެ ޤުރުއާން ފޮތްތަކުގެ މައްސަލަ ހައްލު ކުރަމުންދާ ކަމަށާއި އެކަން ބެލެނިވެރިންނަށް ސްކޫލްގެ ފަރާތުން އަންގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން އިން މިހެން ބުނެ މިއަދު ބަޔާނެއް ނެރެފައިވާ އިރު ގްރޭޑް 1 ގެ ޤުރުއާން ފޮތްތަކުގައި ދެ ސޫރަތެއްގެ އާޔަތްތައް މަސްހުނިވެފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެޑިއުކޭޝަން އިން ބުނީ، އެކަން ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެންއައިއީ) އިން ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.
އެ ގޮތުން މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަން ޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރީންނަށް އަންގާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ ފޮތްތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޗެކު ކޮށްފައިވާ ފޮތްތަކެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެހެންކަމުން މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައި އޮޅިފައިވާ ދެ ސޫރަތަކީ ނަބާ ސޫރަތާއި ނަޒިއާތު ސޫރަތެވެ. ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. އެގޮތުން ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.
ސޫރަތްތައް އޮޅުމާ ގުޅިގެން ގިނަ ބެލެނިވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖާހިލު ސަރުކާރުން ކުރާ ކަމެއްތީ
ކަލޭހުރީ ހަމަހޭގަތަ މިކަންކަނަ ހިނގާއިރު
ޅާދީނީ ސިފަތަކަކީ މި ސަރުކާރުގެ ނާޤާބިލުކަން. އެންމެންނަށް އިނގޭ ބޮޑު ސިއްރެއްގެ ގޮތުގައި ޤައުމުވަނީ އިންޑޖޔާއަށް ދީ ހުސްކޮށްފަ. ޢަދި ދައުރު ނިމުމުގެ ކުރީން މިހުރިހާ އެންމެން ޤައުމު ދޫކޮށް ފިލާނެ.