ޕީސީއާރް ޓެސްޓް ނުހަދާ ދަތުރު ކުރެވޭ 28 ރަށެއްގެ ނަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއުލާން ކޮށްފިއެވެ

ހެލްތް މިނިސްޓްރީން އާންމު ކުރި ލިސްޓުގައި ހިމެނޭ 28 ރަށްތަކަކީ، ހއ. އުލިގަމާއި ހއ. މުރައިދޫ އާއި ހދ. ހިރިމަރަދޫ އާއި ހދ. ނެއްލައިދު އާއި ރ. މަޑުއްވަރީ އާއި ރ. މީދޫ އާއި ރ. އަލިފުއްޓާއި ބ. ފެހެންދޫ އާއި ބ. ފުޅަދޫ އާއި ބ. ދޮންފަނާއި ބ. ކިހާދޫ އާއު ބ. އޭދަފުއްޓާއި ބ. މާޅޮހާއި ބ. ކަމަދޫ އާއި އއ. މަތިވެރި އާއި އދ. ދިގުރަށުގެ އިތުރުން އދ. ފެންފުއްޓާއި އދ. ދިއްދޫ އާއި ވ. ރަކީދޫ އާއި ވ. ފެލިދޫ އާއި ވ. ކެޔޮދޫ އާއި ވ. ފުލިދޫ އާއި ފ. މަގުދޫ އާއި ފ. ދަރަނބޫދޫއާއި ފ. ފީއަލިގެ އިތުރުން ލ. ހިތަދޫ އާއި ގއ. ދެއްވަދޫގެ އިތުރުން ގދ. ރަތަފަންދޫ އެވެ.

މި ރަށްރަށުގެ ތެރެއިން ވެކްސިން ޖެހޭ ކަމަށް ބުނާ އާބާދީގެ ނިސްބަތުން އުމުރުން 12 އަހަރުން މަތީގެ ކުދިންނާއި މީހުން ހިމެނޭ ގޮތަށް އެންމެ ގިނަ މީހުން ވެކްސިން ޖަހާފައި ވަނީ ބ. ކަމަދޫއާއި، ވ. ކެޔޮދޫގެ އިތުރުން ބ ފެހެންދޫއެވެ. ކަމަދޫއާއި ކެޔޮދޫގެ ވެކްސިން ޖެހޭ އާބަދީގެ 95 ޕަސެންޓް މީހުން ވެކްސިން 95 ޕަސެންޓް ވަނީ ފުރިހަމަ ކޮށްފައެވެ. އަދި ފެހެންދޫގެ އާބާދީގެ ނިސްބަތުން 94 ޕަސެންޓް މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ކަމަދޫގެ އާބާދީގެ ތެރެއިން 585 މީހުންނަކީ ވެކްސިން ޖެހޭ އާބާދީގެ މީހުންނެވެ. އޭގެތެރޭގައި އުމުރުން 65 އަހަރުން މަތީގެ 42 މީހެއް ހިމެނެއެވެ. އަދި ޓޫރިޒަމް ދާއިރާގައި އުޅޭ 90 މީހަކު ހިމެނެއެވެ. އެ ރަށުން ވެކްސިން ފުރިހަމަ ކޮށްފައި ވަނީ 556 މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކެޔޮދޫގެ އާބާދީގެ ތެރެއިން 356 މީހުންނަކީ ވެކްސިން ޖެހޭ އާބާދީގެ މީހުންނެވެ. އޭގެތެރޭގައި އުމުރުން 65 އަހަރުން މަތީގެ 25 މީހެއް ހިމެނެއެވެ. އަދި ޓޫރިޒަމް ދާއިރާގައި އުޅޭ 30 މީހަކު ހިމެނެއެވެ. އެ ރަށުން ވެކްސިން ފުރިހަމަ ކޮށްފައި ވަނީ 338 މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފެހެންދޫގެ އާބާދީގެ ތެރެއިން 160 މީހުންނަކީ ވެކްސިން ޖެހޭ އާބާދީގެ މީހުންނެވެ. އޭގެތެރޭގައި އުމުރުން 65 އަހަރުން މަތީގެ 11 މީހެއް ހިމެނެއެވެ. އަދި ޓޫރިޒަމް ދާއިރާގައި އުޅޭ 9 މީހަކު ހިމެނެއެވެ. އެ ރަށުން ވެކްސިން ފުރިހަމަ ކޮށްފައި ވަނީ 151 މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.