ރ ދުވާފަރު މޮނީޓަރިންގެ ހާލަތުގައި އޮންނަތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެރަށުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 916 އަށް އަރައިފިއެވެ.

ރ. ދުވާފަރު ހެލްތް ސެންޓަރުން ބުނީ ރޭ 12 ޖެހުމާ ހަމައަށް އެރަށުން އިތުރު 12 ކޭސް ފެނިފައިވާ ކަމަށެވެ.

ދުވާފަރުން 916 ކޮވިޑް ކޭސް ފެނިފައި ވާއިރު އޭގެ ތެރެއިން 762 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ދުވާފަރުން 6 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ފަރުވާއަށް ބައެއް މީހުން ވަނީ އޭދަފުށި ފެސިލިޓީއަށް ފޮނުވާލާފައި ވެއެވެ.

އެކްޓިވް ކޭސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 148 ގައެވެ.

ދުވާފަރު ހެލްތް ސެންޓަރުން ވަނީ ގޭބީސީތަކަށް ގޮސް ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންގޮސްފައެވެ.

ދުވާފަރަކީ މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށްތަކުގެ ތެރެއިން ރަށެވެ. ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.