ކްރިސްޓަލް މެޑިކަލްސްގެ ފަރާތުން އެ ކްލިނިކްގައި ޕީސީއާރު ޓެސްޓް ކުރުމުގެ ހިދުމަތް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ފެށި މި ހިދުމަތުގައި ކްލިނިކް އަށް ދާ މިހުން ޓެސްޓް ކޮށް ދިނުމުގެ އިތުރުން ގޭގެއަށް ގޮސްގެންނާއި ހުޅުމާލެ އާއި ވިލިމާލެ އަށް އަދި ރިސޯޓްތަކަށާއި ސަފާރީތަކަށް ގޮސްގެން ވެސް ސާމްޕަލް ނަގައިގެން ޕީސީއާރު ޓެސްޓް ކޮށްދިނުން ހިމެނެއެވެ.

ފްލީ އޮޓޮމެޓިކް މެޝިން ބަހައްޓައިގެން ފެށި މި ހިދުމަތް ފޯރުކޮށް ދިނުމުގައި ލެބޯޓަރީގައި މަސައްކަތް ކުރައް ވާނީ ތަޖުރިބާ ލިބިފައިވާ ދިވެހި ލެބޯޓަރީ ޓެކްނޮލޮޖިސްޓުންނެވެ.

ޖާގައިގެ ގޮތުން ތަނަވަސް މި ލެބޯޓަރީގައި ގިނަ ބަޔަކަށް މި ހިދުމަތް ފޯރުކޮށް ދިނުމުގެ ގާބިލުކަން ހުރިކަމަށް ކްލިނިކް ގައި މަސައްކަތް ކުރައްވާ ޓެކްނޮލޮޖިސްޓުން ވިދާޅުވެއެވެ.

އަދި މި ކްލިނިކުން ދޭ ހިދުމަތްތަކަކީ ހިދުމަތް ހޯދާ ފަރާތްތައް ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ކަމުގައި ވާނޭކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކްރިސްޓަލް މެޑިކަލްސް އިން ބުނެއެވެ.

ކްރިސްޓަލް މެޑިކަލްސްގެ ލެބޯޓަރީ ޓެކްނީޝަނުން ޕީސީއާރު ސާމްޕަލް ނަގަނީ

ކްރިސްޓަލް މެޑިކަލްސް އިން މައުލޫމާތުދިން ގޮތުގައި އެ ކްލިނިކް އަށް ޕީސީއާރު ޓެސްޓް ހެދުމަށް ދާ މީހުންނަށް ގިނައިރު މަޑުކުރަން ނުޖެހި އަވަސް ހިދުމަތެއް ލިބޭނެއެވެ.

ކްރިސްޓަލް މެޑިކަލްސް އިން އިތުރަށް ބުނީ ޕީސީއާރު ހަދާ ނަތީޖާ ދިނުމުގައި 2 ގޮތެއް ގެންގުޅޭ ކަމަށެވެ. އާންމު މިންގަނޑުގައި ނަތީޖާ ލިބޭނީ 12 ގަޑިއިރުން ކަމަށާއި އެކްސްޕްރެސް ގެ ހިދުމަތުގައި 6 ގަޑިއިރުން ނަތީޖާ ލިބޭނެ ކަމަށެވެ. ނަތީޖާ އީމެއިލް އަދި ވައިބާއިން ފޮނުވައިދެވޭނެ ކަމަށް އެ ކްލިނިކުން ހާމަކުރިއެވެ.

ދިވެހިންނަށް ހާއްސަ އަގެއްގައި ޓެސްޓް ކޮށްދޭ މި ކްލިނިކްގައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށް ޕީސީއާރު ޓެސްޓް ކުރުމުގެ ހިދުމަތް ދޭނެކަމަށް ކްރިސްޓަލް މެޑިކަލްސް އިން ބުނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 7790671 ނަންބަރު ފޯނާ ގުޅުމަށް ވެސް އެ ކްލިނިކުން ވަނީ އެދިފައެވެ.