ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އާގުބޯޓެއް އަރައިފިއެެވެ.

އާގުބޯޓު ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް އިން މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ބޯޓު ފަރަށް އަރާފައި ވާތީ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކޯސްޓުގާޑުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް އެމްއެންޑީއެފް ބުނެއެވެ.

އެމްއެންޑީއެފުން އާއްމުކޮށްފައި ވާ ފޮޓޯތަކުން އެނގޭ ގޮތުގައި އެ ބޯޓަށް ކިޔަނީ "ނަވިޔޮސް އަމަރިލްސް" އެވެ.

އެ ބޯޓަކީ ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ ބޯޓެކެވެ.