އައިޖީއެމްއެޗްއިން މީހެއްގެ ކަންފަތުން ކުރަތްޕެއް ނަގައިފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ބައެއް ނޫސްތަކަށް ވިދާޅުވީ މިއަދު އެފަދަ ކަމެއް އެ ހޮސްޕިޓަލްގައި ހިނގި ކަމަށެވެ. އަދި އަންހެނެއްގެ ކަންފަތަށް އެއްޗެއް ވަދެގެން ހޮސްޕިޓަލަށް ދިޔަ ކަމަށާއި އަދި ފަހުން އޭނާގެ ކަންފަތުން ކުރަތްޕެއް ނެގި ކަމަށެވެ.

އެ މީހާގެ ހާލު މިހާރު ރަނގަޅު ކަަމަށް މައުލޫމާތު ލިބެއެވެ.

ކަންފަތުން ނެގި ކުރަފީގެ ބައިތައް އައިޖީއެމްއެޗްގެ އޮފިޝަލަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ކުރަތްޕަކީ ކުޑަކުޑަ ސުއިއްޕަކަށް ވިޔަސް ގިނަބަޔަކު އެ ދެކެ ވަރަށް ބިރުގަންނަ އެއްޗެކެވެ.

ކުރަފި ފަދަ ސޫފާ ސޫފި ކަންފަތުން ނެގުމުގެ ހާދިސާތައް ރާއްޖެއިން ބޭރުގައި އާންމުކޮށް ހިނގި ނަމަަވެސް ރާއްޖޭގައި މިއީ އެހާ އާންމުކަމެއް ނޫނެެވެ.