މ. ކޮޅުފުށީގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮޅުފުށީގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށެވެ.

ކޮޅުފުށި މޮނިޓަރިން ހާލަތަށް ލާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. ކޮޅުފުށިން މިހާތަނަށް 89 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ކޮޅުފުށި މޮނިޓަރިން އަށް ލިއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 16 ރަށެކެވެ. އެއީ ހދ. މަކުނުދޫ، ހއ. ތަކަންދޫ، ހއ. އިހަވަންދޫ، ހއ، ނެއްލައިދޫ، އދ. ހަންޏާމީދޫ، އދ. ދަނގެތި، ގދ. ތިނަދޫ ، ގއ.މާމެންދޫ، ށ. ފީވައް، ރ. ދުވާފަރު، ބ.އޭދަފުށި، ބ. ކަމަދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ އާއި ތ. ހިރިލަންދޫއެވެ.