މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެއްވެސް ގުޅުމެއް އޮތް ޕާޓީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ އާ ގުޅިގެން ތަފާތު އެކި ވާހަކަތައް އިދިކޮޅުން ދައްކަމުން ގެންދާ ކަމަށެވެ.
އެގޮތުން އެމްއެންޕީއާއި ރައީސް ސޯލިހާ ގުޅިގެން ޕާޓީއެއް އުފައްދާފައި ނުވާނެ ކަމަށާއި މިއީ ރައީސް ސޯލިހާ އެއްވެސް ގުޅުމެއް އޮތް ޕާޓީއެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އެހެން ވިދާޅުވެފައި ވާއިރު އެމްއެންޕީއަކީ ރައީސް ސޯލިހު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާ އިރު އެމަނިކުފާނުގެ "ބެކަޕް ޕްލޭން" އެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ނާޒިމާއެކު އެމްއެންޕީގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) ހިމެނެއެވެ.
ތިއީ ސޯލިހުގެ ޕީއެންސީ. ޕަކާސް