ބ. އޭދަފުއްޓާއި އެކު 4 ރަށެއް މޮނީޓަރިންނަށްލައިފިއެވެ.

މޮނިޓަރިންގެ ހާލަތަށް ގެެނެސްފައިވަނީ ބ. އޭދަފުށި، ހދ. މަކުނުދޫ، ބ. ކަމަދޫ އަދި އދ. ހަންޏާމީދޫއެވެ. ފްލޫ ސާމްޕަލް ތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން މި 4 ރަށް މޮނިޓަރިންނަށްލާފައި ވަނީ މިއަދުއެވެ.

މީގެ ކުރިންވެސް ޕޮޒިޓިވް ކޭސް ފެނިގެން މި 4 ރަށްވެސް މޮނިޓަރިއަށް ލިޔެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އޭދަފުށިން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އޭގެ ތެރޭގައި ސްކޫލްތައް ބަންދުކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުމުގެ އިތުރުށް ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން ހިމެނެއެވެ.

އޭރު އޭދަފުށީގެ މޮނިޓަރިންގެ ހާލަތު އުވާލީ ދެމަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 12 ރަށެކެވެ. އެއީ ހދ. މަކުނުދޫ، ހއ. ތަކަންދޫ، އދ.ހަންޏާމީދޫ، ށ. ފީވައް، މ. ކޮޅުފުށި، ރ. ދުވާފަރު، ބ.އޭދަފުށި، ބ. ކަމަދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ އާއި ތ. ހިރިލަންދޫއެވެ.