ޑައިމަންޑް އަތުރުގާ މޯލްޑިވްސް ރިސޯޓުް އެންޑް ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިންގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 8:22 ގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމުން ސިފައިން ވަނީ އެ ރިސޯޓުގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ އިރު އަލިފާން ރޯވީ ގެސްޓުން އުޅޭ ސަރަހައްދުގައި ކަން ވެސް ކަށަވަރެއް ނުވެއެވެ.

މި ފަހަަކަށް އައިސް ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އިތުރު ވެފައެވެ. އެ ގޮތުން ރޭގެ ވަގުތެއްގައި ނިޔަމަ ރިސޯޓުގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ވެސް އެއްވެސް މިހަކަށް ގެއްލުން ވެފައެއް ނުވެއެވެ.