ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދަކީ މިހާރު އެއްވެސް މީހެއްގެ އަންބެއް ނޫންކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
ދިޔާނާއަކީ އެއްވެސް މީހެއްގެ އަންބެއް ނޫންކަމަށް އެނާ ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޕްރޮފެސަރު ހަސަން އުގައިލް ވާދަކުރެއްވުމުގެ ކުރިން ރާއްޖެއަށް އެކަށޭނަ ހިދުމަތެއް ކޮށްދެއްވަން ޖެހޭކަމުގައި އޭނާ ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން އަބްދުލް ޣަނީ ނަމަކަށް ކިޔާ މީހަކު ކުރި ޓްވިޓަކަށް ރައްދު ދެއްވަމުންނެވެ.
ދިޔާނާއަށް ޓެގްކޮށް އެ މީހާ ބުނެފައި ވަނީ މި ރާއްޖޭގައި އުޅޭ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ ތެރެއިން އެންމެ ގިނަ ވަގުތު "ހަމައިގައި ނުހުންނަ" މީހާގެ އަނބިމީހާ ވިސްނުން ހުރީ ޕްރޮފެސަރު އުގައިލް އާ ދެކޮޅަށް ކަމަށެވެ.
އެމީހާގެ މިވާހަތަކާއި ގުޅިގެން ދިޔާނާ ވިދާޅުފައި ވަނީ މިހާރު އޭނާއަކީ މީހެއްގެ އަންބެއްކަމަށް ބުނެ މުހާބަތު ނުކުރެވޭނެ ކަމަށެވެ. ދިޔާނާ މާނަ ކުރައްވަނީ އޭނާއާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ކައިވެނީގެ ގޮތުން މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށެވެ.
ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ދިޔާނާ ކައިވެނިކުރައްވާފައި ވަނީ ނޮވެންބަރު 25، 2005 ވަނަ ދުވަހުގައެވެ. ދިޔާނާ އާއި ޖާބިރުގެ އެ ގުޅުން ކެނޑިފައި ވަނީ ކޮންދުވަހަކު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޖާބިރު ވަނީ މީގެ ކުރިން އެތަށްފަހަރަކު ދިޔާނާ ނެތް ދުނިޔެއެއްގައި ނޫޅުއްވާނެ ކަމަށް ވިދާޅުވެ ދިޔާނާއަށް އެތަށް ތައުރީފެއް ކުރައްވާފައެވެ.
ޖާބިރުއާއި ދިޔާނާއާއި މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށް ދިޔާނާ ވިދާޅުވެފައި ވާއިރު، ޖާބިރު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި ޖާބިރު މިފަހުން ވަނީ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކޮށް، ރައީސް މައުމޫންގެ ގެކޮޅަށްވެސް ގެއްލުންދެއްވާފައެވެ. މިކަންކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޖާބިރަށް އަމާޒުވެސް ވިއެވެ.
ދިޔާނާތަ ހުސްވީ؟ ނޫނީ ޖާބިރުތަ؟