ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީ އިން ބުނީ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވަނީ މި މަހުގެ 10 ވަަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރު ބޭރު ތޮށި ހެދުމާއި 98 މީޓަރު އެއްގަމު ތޮށި ހެދުމާއި 5 މޫރިން ބުލޮކް ލުމާއި 11 ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

އޭގެ އިތުރުން 2 ނެރުބައްތި ހަރުކުރުމާއި 1150 ސްކެއާ މީޓަރު ޕޭވްމަންޓެއް ހެދުމާއި 14325 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 9800 ކިއުބިކް މީޓަރު ނެރު ފުންކުރުމާރި ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.