އުރީދޫ އަތޮޅު ދުވުމުގެ ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

އުރީދޫން ބުނީ ސްކޫލް ބަންދައި މޫސުމީ ހާލަތާ ގުޅިގެން ދުވުން ފުރިހަމަ ކުރުމަށް ވަގުތު އިތުރުކުރުމަށް ގިނަ ދުވުންތެރިން އެދިފައި ވުމާއެކު އޯގަސްޓް 14ގެ ނިޔަލަށް މިހާރު އަތޮޅު ދުވުމުގެ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.

ދުވުމުގައި ބައިވެރިވާ ފަރާތްތަކުން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ ދުވުން ފުރިހަމަ ކުރާ ފަރާތްތަކުން "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި ޝެއާ ކޮށްގެން އިނާމް ހޯދުމުގެ ފުރުސަތު ވެސް އޯގަސްޓް 14ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ޝެއާ ކުރާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކޮށް OoredooAtholhuDhuvun# ހޭޝްޓެގް ބެނުންކުރުމަށް އުރީދޫން ވަނީ އެދިފައެވެ.

ރަން މޯމަންޓްސް ޝެއާ ކުރާފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް:

  • މަމަކް ރެސްޓަޯރެންޓްއިން ދެ މީހަކަށް ކެއުން.
  • ލަ ވެރާ ޕިޒޭރިއާ އިން ދެމީހަކަށް ޕިއްޒާ.

ޑިޖިޓަލް މެޑަލް ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް:

  • ލި ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކެއް.
  • ޕިއްޒާ ކިޗަންއިން ޕިއްޒާ.

އޭ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެއް ކަމަށް އެކުންފުނިން ބުނެއެވެ. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން އެދެއެވެ.