ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހޯދާފައި ވާ އެއް މަހުލޫގަކީ ވާލޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ވާލާ ގުޅިގެން ނޭދެވޭ ވާހަކަތައް ފުދޭ ވަރަކަށް މީޑިއާގައި ދައްކާއިރު، މިފަހަރުގެ ވާހަކަ ތަފާތެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައި އޮލިމްޕިކް ގޭމްސް އެންމެ ފޯރީގައި ކުރިއަށް ދާ އިރު، މިފަހަރު މީޑިއާގެ ސުރުހީތަކުން ޖާގަ ހޯދި ވަލަކީ، ކުޅަދާނަ އޮލިމްޕިއަނެއް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

އާންމު އިންސާނެއްގެ ބޮޑުވައި އިނގިލީގެ ބޮޑު މިނުގެ ނުވަތަ ބަރުދަނުގައި އެންމެ 8 ގުރާމް ހުރި މި ވާ، ފެނިފައި ވަނީ ރަޝިއާގެ ޕެސްކޯފް އޭ ކިއުނު ސަރަހައްދުންނެވެ.

ތަޖުރިބާކާރުން ވަނީ، އޭތީގެ ފިޔަގަނޑުން ސިއްކައެއް ހޯދާފައެވެ. އެ ސިއްކައަލަކީ ލަންޑަން ޒުލުގެ ސިއްކައެކެވެ. މަނާއަކަށް ވީ ލަންޑަނުން ރަޝިއާއަށް، ވިލާތު ބައްރު ހުރަސްކޮށް އެ ވާ ދަތުރު ކުރި ކަމެވެ. މިއީ އެއްވެސް ވާލަކަށް ހާސިލު ކުރެވުނު ކާމިޔާބެއް ނޫން ކަމަށް ރެކޯޑްތައް ބުނެއެވެ.

ގިނަ ބައެއްގެ ސަމާލުކަމަށް މި ވާ އެރީ، އިނގިރޭސިވިލާތުގެ ލަންޑަނުން ރަޝިއާއަށް އުދުހުނު ހަބަރާ އެކުގައި އެކަންޏެއް ނުނެވެ. އެ ދިގު ރާސްތާ ކަޑަތު ކުރި ވާ، މި ދުނިޔެއާ އަލްވަދާއު ކީ އާދަޔާ ހިލާފު ގޮތުގެ ވާހަކަވެސް މިއާ ވިދިގެން އާދެއެވެ. އިނގިރޭސިވިލާތުން ރަޝިއާއަށް އުދުހުނު ވާ މަރުވީ، ބުޅަލައެއްގެ ޝިކާރައަކަށް ވެގެންނެވެ.