މިދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން 104 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 35 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 56 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 13 މީހެއް ކަމަށެވެ.

މިއަދު 104 މީހަކު ޕޮޒިޓިވް ވެފައިވާ އިރު އިއްޔެ ވަނީ 137 މީހަކު ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު މިވަނީ 2512 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 77،999 އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 75،253 މީހުން މިހާތަނަށް ވަނީ ރަނގަޅުވެފައެވެ. އަދި މަރުވި މީހުންގެ އަދަދު ޖުމަލް މިވަނީ 222 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 515 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 63،800 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 173 މީހަކު މަރުވެފައެވެ.