މުޅި ދުނިޔެ ސިއްސުވާލި ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް މެއި މަހު ތެރޭގައި ރިޕޯޓް ކުރަމުން ދިޔަ އިންޑިއާގައި، 12 ވަރަކަށް ހަފުތާއަށްފަހު އަނެއްކާވެސް ކޭސް ގިނަ ވާން ފަށައިފިއެވެ.

ހަފުތާއެއްގެ ތެރޭގައި ރިޕޯޓް ކުރާ ކޭސްތަކަށް ބަލާއިރު، އިންޑިއާއިން ކޭސް ރިޕޯޓް ކުރާ މިންވަރު އިތުރު ވުމަކީ، ދާއިރާގެ ތަޖުރިބާކާރުން ދީފައި ވާ 3 ވަނަ ރާޅުގެ އިންޒާރުގެ ރަނގަބީލުގެ އިޝާރާތެއް ކަމުގައި ބުނުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ގަދައަށް ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަނީ ކެރަލާ ސްޓޭޓްގައެވެ. މީގެ އިތުރުން ކަރްނާޓަކާ އަދި ޓެމިލް ނާޑޫގައިވެސް ކޭސް އިތުރު ވަމުން އަންނަ ކަން ފާހަގަ ކުރަން ޖެހެއެވެ.

ޖުލައި 26، 2021 އިން އޯގަސްޓް 01، 2021 ގެ ނިޔަލަށް އިންޑިއާއިން ވަނީ 2.86 ކޮވިޑް ކޭސް ރިޕޯޓް ކޮށްފައެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު 7.5 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ މެއި 03، 2021 އިން މެއި 09، 2021 އަށް ދެމިގެންދިޔަ ހަފުތާއަށް ފަހު އިންޑިއާއިން ކޮވިޑް ކޭސްތައް މައްޗަށް ހިފި ފުރަތަމަ ހަފުތާވެސްމެއެވެ. މިދިޔަ ހަފުތާއާ ޖެހެންދެން ކޭސް ނަމްބަރު ދަށްވި ނަމަވެސް، ކޭސް ނަމްބަރު ދަށްވި ނިސްބަތް ވަނީ، 1.4 ޕަސެންޓަށް ވެއްޓިފައެވެ.

40000 އަށް ވުރެ މަތިން، އިންޑިއާއިން ކޮވިޑް ކޭސް ރެކޯޑް ކުރާތާ މިހާރު ވަނީ، ވިދިވިދިގެން 6 ދުވަސް ފާއިތުވެފައެވެ. އާދީއްތަ ދުވަހު އެކަނިވެސް 40800 ޕޮޒިޓިވް ކޭހާއި 418 މަރުގެ ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.