ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އޮފީސް މަޖީދީމަގުގައި ހުންނަ ސްޓާ ކްލައުޑްސް ނުވަތަ ކުރީގެ ސްޓާ ސިނަމާ އިމާރާތް ބަދަލުކޮށްފިއެވެ.

އެޗްއާރްސީއެމްގެ އޮފީސް މިހާރު ހިނގަމުންދާނީ މަޖީދީމަގުގައި ހުންނަ މ. ޗަނބޭލީވިލާ ނުވަތަ ކުރީގެ ސްޓާ ސިނަމާ އިމާރާތް ގެ 12 އަދި 13 ވަނަ ފަންގިފިލާއެވެ. ކުރިން އެޗްއާރްސީއެމް ހިންގަމުން ދިޔައީ މއ. އުތުރުވެހި އިމާރާތުގެ 5، 6 އަދި 7 ވަނަ ފަންގިފިލާގައެވެ.

އެޗްއާރުސީއެމްގެ އޮފީސް އާ އިމާރާތަށް ބަދަލުކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ކުރީގެ އިމާރާތުގައި ކަރަންޓުގެ މައްސަލަަތަކާއި ފެންބޮޑުވުމުގެ ބައެއް މައްސަލަތައް ހުރިކަމަށާއި، އެ އިމާރާތް އެއީ މަސައްކަތަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ. އަދި ކުރީގެ އިމާރާތުގައި މަރާމާތު ކުރުމަށްވެސް ބޮޑު ހަރަދެއްދާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ދެމުން ގެންދާ ވިސާއާ ގުޅޭ ހުރިހާ ހިދުމަތް ވެސް ވަނީ މަޖީދީމަގުގައި ހުންނަ ސްޓާ ކްލައުޑްސް ނުވަތަ ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކޮށްފިއެވެ.