މި ހިނގާ ޖުލައިމަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ފެންމަތި ވުމުން، އެ މައްސަލަ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބަލަން ފަށައިފިއެވެ.
ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން މިއަދު ބުނީ ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބައެއް ކަސްޓަމަރުންގެ މި ހިނގާ ޖުލައި މަހުގެ ކަރަނޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ސޯޝަލް މީޑީއާގެ ޒަރީއާއިންނާއި އެކި ގޮތް ގޮތުން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި މައްސަލަ އެއްވެސް ފަރާތަކުން އެ އޮތޯރިޓީއަށް އަދި ހުށަހަޅައިފައި ނުވި ނަމަވެސް އެ އޮތޯރިޓީއިން މި މައްސަލަ ބަލަމުން ދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މި ހިނގާ ޖުލައިމަހުގެ ކަރަންޓް ބިލް ބޮޑު ކަމުގެ ޝަކުވާ މީގެ ދެދުވަސް ކުރިން ފެންމަތިވެފައި ވާއިރު ސްޓެލްކޯއިން ބުނީ ޖުލައިމަހުގެ ކަރަންޓް ބިލް ބޮޑުކަމަށް ފާހަގަ ކުރެވެނީ ޖޫން މަހަށް ސަރުކަރުން ދިން ސަބްސިޑީ ޖުލައިމަހަށް ނުލިބޭތީ ކަމަށެވެ.
އަދި ޖޫން މަހާއި ޖުލައި މަސް އަޅާ ކިޔައިފިނަމަ އެ ފަރަގު ބޮޑުވާނެ ކަމަށާ އަދި އެކަން ބޮޑަށް ފާހަގަ ވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ޖުލައި މަހުގެ ބިލާއި ސަބްސިޑީ ދީފައި ނުވާ މަސްމަހާ އަޅާ ކިޔާއިރު މާ ބޮޑު ތަފާތެއް ފެންނަން ނެތް ކަމަށެވެ. އަދި ކޮންމެ މަހެއްގައިވެސް އަންނަަ ބިލްތައް، މާލެ ހުޅުމާޅެ އަދި އަތޮޅުތެރޭގެ ރަށްތައް ވަކިން ރިވައިޒް ކުރާ ކަމަށާ މިމަހުގެ ބިލުން މާ ބޮޑު ފަރަގެއް އެހެން މަސްމަހާ އަޅާ ބަލާއިރު ފާހަގަ ކުރެވިފައި ނުވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މިހާރު ބިލް ހަދާ އުސޫލުވެސް ގޯހީ 2018ގެ ކުރިން ބިލް ހަދަމުން އައި އުސޫލަކުން ނޫން މިހާރު ބިލް ހަދަނީކީވެސް .މިސަރުކާރު އައުމުގެ ކުރިން މަމެންގޭ ބިލަށް އަރަނީ 1700 ، 1800 ވަރު. މިހާރު 2700 އަރާ . ހަމަ ކުރިންވެސް ބޭނުންކުރާ ވަރަކަށް ކަރަންޓް ބޭނުން ކުރަނީ
ޢަފިހުންކައިގެން ބޯކޮޅުވަތަށް ޖެހުނީމަ ފެންނާނެ ކަރަންޓުބިލް ބޮޑުވިތަން!
ކޯޗެއް ބެލީމަ ފެންނާނީ. ޤަޞްދުގަރައްޔިތުން ފެލާލާފަ ފެންނަ އެއްޗެއް އޮންނާނެތަ؟ބުނާނީ ހޫނު ދުވަސް ކޮޅެއްވީމަ ވީ ގޮތޭ ވަރިހަމަ ފަންކާ އެއްނުޖަހާ ކަރަންޓުން އެއްވެސް ބޭނުމެއް ނުކުރިއަސް