އަޟްހާ އީދާ ދިމާކޮށް އުރީދޫ އިން ތައާރަފް ކުރި "އުރީދޫ ބޮޑު އީދު ކޮމްބޯ" މިމަހުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ތައާރަފް ކުރި މި ކޮމްބޯ ޕެކޭޖަކީ އެންމެ 50 ރުފިޔާއަށް 4 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖުގައި ޑޭޓާގެ އިތުރުން އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅާލެވޭނެއެވެ. އަދި އުރީދޫ ނޫން އެހެން ނެޓްވޯކްތަކަށް 100 ފްރީ މިނެޓް ވެސް ލިބެއެވެ.

އުރީދޫއިން ބޮޑު އީދަށް އަމާޒުކޮށް ތައާރަފްކުރި މި ޕެކޭޖް މިމަހުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭއިރު މި ޕެކޭޖް އެޗްޓިވޭޓް ކުރުމަށް ފަހު 24 ގަޑިއިރު ބޭނުން ކުރެވޭނެއެވެ.

މި ޕްކޭޖް އެކްޓިވޭޓް ކޮށްލަން ބޭނުންވާނަމަ އުރީދޫ އެޕްލިކޭޝަން އަދި *929*2# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫއިން ތައާރަފް ކޮށްފައި ވާ އާޗާ ޕްރިޕެއިޑް ޕްލޭންއަށް އިތުރު ޕްލޭން އެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. މިގޮތުން، އަލަށް އުރީދޫއިން ތައާރަފްކުރި ޕްލޭންގައި ދުވާލަކު 2 ޖީބީ ޑޭޓާ ލިބެއެވެ. އަދި އުރީދޫ ނަންބަރުތަކަށް ހިލޭ ގުޅާލެވޭނެއެވެ.

މި ޕްލޭން އެކްޓިވޭޓް ކުރެވޭނީ 750 ރުފިޔާއަށެވެ. އަދި މި ޕްލޭންގެ ދަށުން މުޅި ޖުމްލަ 60 ޖީބީގެ ޑޭޓާ ކޮންމެ ދުވަހަކަށް 2 ޖީބީ ޑޭޓާގެ ރޭޓުން ލިބޭނެއެވެ. މި ޕްލޭންގައި ވެސް އުރީދޫ ނޫން އެހެން ނެޓްވޯކްތަކަށް ގުޅާލުމަށް 100 ފްރީ މިނެޓު ލިބެއެވެ.