ރާއްޖޭގައި ހިންގާ ކޮލެޖް ޔުނިވާސިޓީތަކާ "މާސީ" އާ ގުޅިގެން ކުރިޔަށް ގެންދިޔަ "އަހަރުމްނެވެސް ފަލަސްތީނާއެކު" ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ކެމްޕޭން އަކީ ފަަސްތީނަށް އެހީވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ކެމްޕޭނެކެވެ. އަދި މި ކެމްޕޭންގެ ދަށުން ޓީޝާޓު ވިއްކައިގެންނާއި ފަންޑު ފޮށި ބަހައްޓައިގެން 100،000 ރުފިޔާ ލިބިފައި ވާކަމަށް ވިލާ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަން އިން ބުނެއެވެ.
ވިލާ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަން އިން ބުނީ މި ހަރަކާތުގައި ލިބުނު ހުރިހާ ފައިސާއެއްވެސް ހަދިޔާ ކުރާނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށާ، މި ފައިސާ ފަލަސްތީނަށް ހަދިޔާ ކުރާނީ "މާސީ" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ދަށުން ކަމަށެވެ.
މި ހަރަކާތަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން، އިޒްރޭލުން ފަލަސްތީނު ހިފަމުން ދިޔަ ގޮތާމެދު މައުލޫމާތު ދިނުމުގެ ސެޝަން އެއް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވިލާ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަން އިން ބުނެއެވެ. އަދި މި ސެޝަން ގައި މައުލޫމާތު ދެއްވާފައި ވަނީ ޝެއިހް މުޖުތަބާ ހަމީދު ކަމަށް ވެސް އެ އެސޯސިއޭޝަން އިން ހާމަކުރެއެވެ.
"އަހަރުމެންވެސް ފަަސްތީނާއެކު" މި ހަރަކާތް އެންމެ ފުރަތަމަ ފަށައިފައި ވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ. މިގޮތުން މޭ މަހުގެ ހަފްތާ ބަންދު ދުވަސްތަކުގައި ފަންޑް ރެއިޒިން އިވެންޓްތައް ވަނީ ބާއްވާފައެވެ. އަދި ޖުލައި މަހުގެ ތެރޭގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ވެސް ވަނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ފަންޑް ރެއިޒިން އިވެންޓެއް ބާއްވާފައެވެ.
ވިލާކޮލެޖް ސްޓޫޑެންޓް އެސޯސއިޭޝަންގެ ނައިބު ރައީސް އަހުމަދު އުވައިސް ބުނީ މި ހަރަކާތުގައި ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ ވޮލެންޓިއަރުންނާއި އެހެން ޔުނިވާސިޓީތަކުގެ ސްޓޫޑަންޓް އެސޯސިއޭޝަން އަދި ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ހަރަކާތަކީ ފަލަސްތީނުގައި ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީވުމަށް ބޭއްވި އިވެންޓެއް ކަމަށެވެ.
ވިލާ ކޮލެޖް ސްޓޫޑަންޓްޓް އެސޯސިއޭޝަން އިން ބުނީ "މާސީ" އާއި ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ސްޓޫޑަންޓް ޔޫނިއަން އިން އެއްބައިވެގެން ބޭއްވި މި ހަރަކާތުގައި ލިބުނު ފައިސާ ހަވާލު ކުރުމަށް ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ވެސް ވިލާކޮލެޖް ސްޓޫޑަންޓް ޔޫނިއަން އިން ބުނެއެވެ.
ވަރަށް ވެސް މާތް މަގުސަދެއްގައި ކުރިއަށް ދިޔަ ހަރަކާތެއް ކަމަށް ޤަބޫލުކުރަން. މަރުހަބާ ދަރިވަރުން. ސާބަހޭ ވިލާ ކޮލެޖުގެ ދަރިވަރުން
މިފަދަހަރަކާތްތައް ގިނަގިނައިންބާއްވަންފެނޭ.. ޝުކުރިއްޔާ ހިތްވަރުގަދަ ދަރިވަރުންނަށް