މޫސުމަށް ސަމާލުވުމަށް އަންގައި ޅ. އަތޮޅުން ދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާ މެޓް އޮފީހުން ބުނީ، ޔެލޯ އެލާތް ނެރެފައި ވަނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:30 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ. މި ވަގުތުތަކުގައި އެ ހިސާބުގެ ރަށްރަށަށް އެލާތް ނެރެފައިވާ ވަގުތު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެތް އޮފީހުން ބުނެއެވެ.
އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މި ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވާއިރު އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅާ ދެމެދަށް ވެސް މުސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ވައިޓް އެލާޓް ނެެރެފައެވެ. މި އެލާޓް ނެރެފައި މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 3:00 އަށް ކަމަށް މެތް އޮފީހުން ބުނެއެވެ. މި ސަރަހައްދަށް ވެސް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.