ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަން ފަށައިފާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެސްޓީއޯއިން ބުނީ ޖުލައި 15 އިން ނޮވެމްބަރު މަހުގެ 15 އަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓާގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރު އަތުން ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ހާއްސަ ގިފްޓް ހެމްޕާއެކެވެ.

އެސްޓިއޯއިން ބުނީ ޑެވޮންޑޭލް ފުލްކްރީމް އެއް ލީޓަރު ޕެކެޓް ވިއްކަމުންއައި އަގުވެސް ޕްރޮމޯޝަންގެ ދަށުން ހެޔޮކޮށްފާވާ ކަމަށާއި އެގޮތުން ފުލްކްރީމް 1 ލީޓަރު ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު ދެ ޕެކެޓް ނަންގަވާނަމަ 40 ރުފިޔާއަށް ދެ ޕެކެޓް ލިބޭނޭ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުވެސް އެސްޓިއޯއިން ވަނީ ދީރާސީއާ އަހަރުގެ ކިޔެވުން ފެށުމާއެކު ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ޑޮވޮންޑޭލްއަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު އޮސްޓްރޭލިއާގެ އުފެއްދުމެކެވެ. އަދި މި ޕެކެޓަކީ ކުޑަކުދިން ސްކޫލަސް އިންޓަވަލަށް ގެންދާ ޕެކެޓެއްގެ ގޮތުގައިވެސް ފާހަގަ ކުރެވެއެވެ.