ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސަންޓް ނިމިފައިވާ ކަމަށެވެ.

އަދި ހާބަރުގެ ބޭސިން ފުކުރުމުގެ މަސައްކަތުގެ 82 ޕަސަންޓް ވެސް ނިމިފައިވާ ކަމަށެވެ.

އެމަޝްރޫއުގެ ދަށުން، 71،519 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެއެމްޓީސީސީން ބުނީ އެ މަޝްރޫއަކީ ޖުމްލަ 9.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.