1 ޖީބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. މަހިބަދޫ އަށް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް އދ. މަހިބަދޫން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސަންސް ވެސް ލިބޭނެ ކަމަށެވެ.

އުރީދޫން ބުނީ އެ ހިދުމަތް އެރަށަށް ތައާރަފް ކޮށްފައި ވަނީ މިއަދު ކަމަށެވެ.

މީގެ އިތުރުން ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓް އަށް 1 މަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

"އދ. މަހިބަދޫއަށް މިއަދު މި ހިދުމަތް ތައާރަފް ކުރުމަކީ މަހިބަދޫގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރެވި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން."
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓް އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕާނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.

މިގޮތުން މަހިބަދޫ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު މި ލިންކްhttp://ore.do/getsupernetއިން ލިބޭނެއެވެ.