ފަތުރުވެރި އުސޫލުން ޖައްވަށް ދަތުރުކުރާ ފުރަތަމަ މަހުޖަނުގެ ރެކޯޑް ކަށަވަރު ކުރުމަށް ތައްޔާރުވަމުން އަންނަ ވަރުގަދަ މަހުޖަނުންގެ ތެރެއިން، ރިޗާޑް ބްރޭންސަން، އެ ޓައިޓަލް ކަށަވަރު ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.
އޭނާގެ ވާޖިން ގެލެކްޓިކްގެ ޔުނިޓީ ރޮކެޓްގައި ބްރޭންސަން ޖައްވަށް އުދުއްސާލާނީ ނިއު މެކްސިކޯއިން، އެމެރިކާ ގަޑިން ހެނދުނު 07:00 ގައި ނުވަތަ ބްރިޓިޝް ސަމާ ޓައިމް އިން 14:00 ގައެވެ.
މިހާރުން ފެށިގެން 5 ގަޑިއިރެއްހާއިރުގެ ތެރޭގައި ބްރޭންސަންއާއެކު އޭނާގެ ރޮކެޓް ޖައްވުގެ ތެރެއަށް އުދުއްސާލާއިރު، މި ދަތުރުގައި ދުނިޔޭގެ ވަށް ބައްޓަން ފެންނަ ހިސާބު، ސާފުކޮށް ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ދޮޅު ގަޑިއިރެއްގެ ހާއިރުގެ މި ދަތުރަކީ އާދަޔާ ހިލާފު ދަތުރަތަކަށް ވާނެ ކަމަށް ބްރޭންސަން ވަނީ ބުނެފައެވެ. ވާޖިންގް ގެލެކްޓިކުން ވަނީ، މި އިވެންޓް ލައިވްސްޓްރީމް ކުރާނެ ކަމަށް ބުނެފައެވެ.
ބްރޭންސަންގެ މި ދަތުރަކީ ދިގު އިންތިޒާރެއްގެ ނިމުން ގެނުވަނިވި ދަތުރަތަކަށް ވާނެއެވެ. ޖައްވީ އުޅަނދެއް ތަރައްގީ ކުރާނެ ކަން ބްރޭންސަން އެންމެ ފުރަތަމަ އިއުލާން ކުރީ 2004 ވަނަ އަހަރުއެވެ. ނަމަވެސް ފަންނީ ގޮތުން ކުރިމަތިލާން ޖެހުނު އެކި ގޮންޖެހުންތަކާ އެކު، ޖައްވީ މިޝަންއެއް ކާމިޔާބު ކުރުމަކީ މަހުޖަނު ބްރޭންސަންގެ ކެރިއަރުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ސިފަކުރެވެއެވެ.
އެންމެ ކުޑައިރުސުރެ ފެށިގެންވެސް ޖައްވަށް ދާން ބްރޭންސަން އަމާޒު ހިފާފައި ވަނީ، ފަތުރުވެރިކަމުގެ އުސޫލުން މީހުން ޖައްވަށް ގެންގޮސް ދިނުމަށެވެ. ބްރޭންސަންގެ އިތުރުން އެހެން މަހުޖަނުންވެސް ދަނީ ފަތުރުވެރި އުސޫލުން ޖައްވީ ރޭސް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.