2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމަށް ކުރިމަތިލެވެންވާނެ ކަމަށް ބުނުމުން މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރޭ ކުރިއަށްދިޔަ "އާސްކު ސްޕީކާ" ޕްރޮގްރާމެއްގައި ޔާމީނަށް އެއްވެސް އިރެއްގައި ދެރައެއް ނޭދޭނެ ކަމަށާއި އުއްމީދަކީ ކޮންމެ އިންތިހާބެއްގައި ވެސް ހުރިހާ ސިޔާސީ ވެރިންނަށް ބައިވެރިވެވޭނެ ގޮތަކަށް ކުރިއަށްދިޔުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އިބްރާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީން އަށް 2023 ގައި ރައީސް ކަމަށް ކުރިމަތިލެވެންވާނެ ކަމަށް ބުނުމަކީ ވެރިކަމުގައި މުޖުރިމަކު ބެހެއްޓުން އެން މެރަނގަޅު ކަމަށް ބުނުން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ކޮޅުފައިން ޖެހުން ކަމަށް އިބްރާ ވިދާޅުވިއެވެ.
އިބްރާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން އަކީ މިވަގުތަށް ބަލާއިރު ޖިނާއީ ކުށް ކުރި ކަމަށް ޝަރީއަތުން ސާބިތުވެފައިވާ މުޖުރިމެއް ކަމަށެވެ.
އާސްކް ސްޕީކާ ޕްރޮގްރާމުގައި 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވަންޏާ ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ ނަޝީދު ކަމަށް ވިދާޅުވެފައެވެ. އަދި އެއީ 2023 ގައި ރިޔާސީ އިންތިހާބެއް އޮންނަ ކަމަށް ވާނަމަ ކަމަށާއި އޭގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި އެކަމުގައި ޕީޕީއެމް އިން ދެކޮޅު ނުހަދާ ކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުން ބޮޑުވަޒީރަކު ކަނޑައަޅާއިރު އެމަނިކުފާނުގެ ނަން ހިމަނާން އެދިވަޑައިގަންނަވާ ކަމަށެވެ.
ޔާމީން އައިޓް
މިހާރުވެރިކަމުގާ.ތިބީ ހައްތާ ސިތްދީގުންޔާމީނޭ ބުންޏަސް ހަސަދާގެބާރުން ތިބެނީ ރޭސްވެފަ ޔާމީނު ކޮށާ ހަފާގެން ކާންވީނު ހިތަންހަމަ ޖެހުމާ ފިނިކަން ލިބޭތޮ
މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކީވެސް ޖިނާޢީ ކުށުގައި ހުކުމް ތަންފިޒު ކުރަމުން ދިޔަމީހެއް. އަދިވެސް ހުކުމް ބާތިލެއް ނުކުރޭ