މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަންކަން އިސްލާހު ނުކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން ވެސް ޑރ. އިޔާޒް ކުރެއްވި ޓްވީޓްތަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރިއެވެ. އަދި އެކަމާ ގުޅިގެން ނަސޭހަތް ވެސް ދީފައި ވެއެވެ.

ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ސީނިއާ ލެކްޗަރާއެކެވެ.