މި ކައުނުގައިވާ ރަތް ތަރީގެ ނަމުން ސިފަކުރަމުން އަންނަ މާސް ޕްލެނަޓަށް، ޗައިނާގެ ޖައްވީ ކުރޫއެއް، 2033 ވަނަ އަހަރު ދުތުރު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

މި ދަތުރަކީ މާސް ޕްލެނެޓުގައި ޗައިނާގެ ބޭސްއެއް ގާއިމު ކުރުމަށް ކުރާ ދަތުރެއް ކަމަށާ، 2033 ވަނަ އަހަރުގެ ތާރީހީ ދަތުރަށް ފަހު، މިފަދަ ސިލްސިލާ ފްލައިޓްތަކެއް ޗައިނާއިން މާސް ޕްލެނެޓަށް އަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ ކޮންޓްރޯލް އެ ގައުމުގެ މުށު ތެރެއަށް ލުމަށް މަސައްކަތް ކުރަމުން އަންނަ ޗައިނާގެ މި މަޝްރޫއަކީ، އެމެރިކާގެ މައްޗަށް ކުރި ހޯދާ، އެމެރިކާއަށް ވުރެ ކުރިން، އިންސާނުން މާސް ޕްލެނެޓަށް ފޮނުވުމަށް ޗައިނާއިން ހިންގާ މަޝްރޫއެކެވެ.

ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި ރޮކެޓް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ވޭންގް ޝީއާއޯޖުން ވަނީ، 2033، 2035، 2037 އަދި 2041 އާއި އޭގެ ފަހުންވެސް، ޗައިނާގެ މިޝަންތައް މާސް ޕްލެނެޓަށް ދަތުރު ކުރާނެކަން ހާމަކޮށްފައެވެ.

ޗައިނާގެ ޖައްވީ ހަބަރު ފަތުރާ އިދާރާއިން ވަނީ، އިންސާނުން މާސްއަށް ފޮނުވުމުގެ ކުރިން، ބޭސްއަޅާނެ ސަރަހައްދުތައް ދެނެގަތުމަށް، އެންމެ ފުރަތަމަ ދަތުރު ކުރާނީ ރޮބޮޓްތަކެއް ކަން ހާމަކޮށްފައެވެ.

ހުސްވި މެއި މަހުގެ މެދަކާ ހިސާބުގައި، ޗައިނާއިން ވަނީ މާސްއަށް ރޮބޮޓް ރޯވާއެއްވެސް ފޮނުވާފައެވެ.