ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައި ވާ 6،720 ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓް ދައްކާލުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ނިންމައިފިއެވެ.

ފްލެޓް ލިބުނު ފަރާޓްތަކަށް ފްލެޓް ދައްކާލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޖޫން 26، 2021 އިން ފެށިގެން ޖުލައި4، 2021 ގެ ނިޔަަށް ކަމަށް އެޗްޑީސީ އިން ހާމަކުރެއެވެ. އަދި ފްލެޓް ދެއްކުން ކުރިޔަށް ގެންދާނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކަމަށާ ކޮންމެ ފުލެޓެއް ބެލުމުގެ ފުރުސަތު ދެވޭނީ ގިނަވެގެން 2 މީހަކަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ފްލެޓް ބެލުމަށް ވެރިފަރާތައް ހާޒިރު ނުވެވޭނަމަ ބަދަލުގައި ހާޒިރުވާ ފަރާތުން ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް ގެންދިއުމަށް ވެސް އެޗްޑީސީ އިން އެދިފައި ވެއެވެ. އަދި މި ހުޅުވާލާ ފުރުސަތުގައި ފްލެޓް ބަލަން ހާޒިރު ނުވެވޭ ފަރާތްތަކަށް ފްލެޓް ދެއްކުން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކޮށް ފުލެޓް ދޫކުރާ ދުވަހު ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ފްލެޓްތައް ބެލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ގޮތް

4 ދަންފަޅިއަށް ފަންގިފިލާތައް ބަހާލައިފައި ވާގޮތުގެ ތަފްސީލު

  • 1 އިން 7 ވަނަ ފަންގިފިލާ: 08:00 އިން 10:30 އަށް
  • 8 އިން 14 ވަނަ ފަންގިފިލާ: 10:30 އިން 13:00 އަށް
  • 15 އިން 19 ވަނަ ފަންގިފިލާ: 13:00 އިން 14:30 އަށް
  • 20 އިން 24 ވަނަ ފަންގިފިލާ: 14:30 އިން 16:00 އަށް

ފުލެޓު ދައްކަން ހަމަޖެހިފައިވާ ތާރީހުތަކާ ޓަވަރުތައް

  • އެޗް13 އަދި އެޗް14: ޖޫން 26، 2021 ވާ ހޮނިހިރު
  • އެޗް9 އަދި އެޗް10: ޖޫން 27، 2021 ވާ އަދީއްތަ
  • އެޗް15 އަދި އެޗް16: ޖޫން 28، 2021 ވާ ހޯމަ
  • އެޗް 3 އަދި އެޗް 4: ޖޫން ،29 ވާ އަންގާރަ
  • އެޗް11 އަދި އެޗް112: ޖޫން 30، ވާ ބުދަ
  • އެޗް1 އަދި އެޗް 2: ޖުލައި 1، 2021 ވާ ބުރާސްފަތި
  • އެޗް 7 އަދި އެޗް8: ޖުލައި 3، 2021 ވާ ހޮނިހިރު
  • އެޗް 5 އަދިި އެޗް6: ޖުލައި 4، 2021 ވާ އާދީއްތަ

އެޗްޑީސީން ބުނީ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދެއްކުމަށް ނިންމި ނިންމުމަކީ އެ ފްލެޓް ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފަރާތަކަށް ލިބިފައިވާ ފުލެޓް ބަލައި ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތުގެ އަންދާޒާއެއް ހެދުމަށެވެ. އަދި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފުލެޓުގެ މިންތައް ނެގުމަށް ފުރުސަތު ދިނުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެ ކޯޕަރޭޝަން އިން ވަނީ ހިޔާ މަޝްރޫއު އާ ބޭހޭ މައުލޫމާތުތައް ފަސޭހައިން އާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް "ހިޔާ 700 އޮފިޝަލް" ވައިބާ ކޮމިއުނިޓީ ގްރޫޕެއްވެސް ތައާރަފް ކޮށްފައެވެ.