މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރާނީ މާފަންނު މެދު ދާއިރާގެ މެންބަރު އަހުމަދު ނަރީޝް ކަމަށް ޕީޕީއެމުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވެފައިވާ މެންބަރުންގެ މެދުގައި މިއަދު ސިއްރު ވޯޓެއް ނަގާފައިވާއިރު ނަރީޝްގެ ނަން ފާސްވީ 13 ކައުންސިލަރުންގެ ތެރެއިން 5 ކައުންސިލަރުންގެ ވޯޓު ލިބިގެންނެވެ.

ނަރީޝްގެ އިތުރުން ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލި މެންބަރުންގެ ތެރެއިން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއަށް ލިބިވަޑައިގެންނެވެނީ ހަތަރު ވޯޓެވެ. އަދި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވެސް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ.

ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރަން ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުން އޮންނާނީ މާދަމާއެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެންމެ ލަސްވެގެން މާދަމާއަށް ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުމަށް އެދިފައެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް އައްޔަން ކުރަން ޕީޕީއެމް އިން ނިންމިއިރު ޗެނަލް13ގެ މަޑިސީލަ (ހަޖަމް) ޓީމުން ވަނީ މިއަހަރުގެ ކައުންސިލް އިންތިހާބުގެ ގޮޑިތައް ކާމިޔާބު ކޮށްފައެވެ.