އާޓިފިޝަލް ބީޗްގައި ހަދާ ރޭޕްގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މުޖުތަމައުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހެދިގޮނޑު ދޮށުގައި ރޭމްޕް ހެދުމުގެ މަޝްރޫއު ގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހެދުމާއި، ޗޭންޖިން ހޮއިސްޓެއް ހެދުމާއި، ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އާޓިފިޝަލް ބީޗުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މާޗް މަހުގެ 22 ވަނަ ދުވަހުއެވެ.