ކުޑަކުދިންގެ ބަގީޗާއިން ދޫންޏެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވަނީ އެމީހާ އެދޫނި ވަގަށް ނަގާ މަންޒަރު ފެން ވީޑިއޯއެއް ހިއްސާކޮށްފައެވެ.

އެގޮތުން އެ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހު 12 ވަނަ ދުވަހުގެ ވަގުތެއްގައި ކުޑަކުދިންގެ ބަގީޗާ ތެރޭގައި ހުރި ދޫނި ކޮއްޓަކުން ދޫންޏެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://www.youtube.com/watch?v=MWcQrOycPRA&feature=emb_title

އެ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ އެމައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ އެމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 486858 ކަމަށެވެ.