މޭ 26، ވަނަ ދުވަހުގެ ރޭ ދަންވަރު މއ. މޯނިންވިއުގޭގެ 3 ވަނަ ފަންގިފިލާގައި އަލިފާން ރޯވި ހާދިސާގެ އެސެސްމަންޓް ހަދައި ނިމިފައިވާކަމަށް ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން ކުރި ޓުވީޓުގައި ވަނީ މއ. މޯނިންގ ވިއުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ އެސެސްމަންޓް މިހާރު ވަނީ ނިމިފައި އަދި ޕްރޮސެސްކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ.

އަދި މި އެސެސްމެންޓާގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޖޫން 13، 2021 ވާ އާދީއްތަ ދުވަހު މީޑީއާ ބްރީފިން އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ.

މއ މޯނިންވިއު ގޭގައި ހިނގި އަލިފާުގެ ހާދިސާގައި 5 އާއިލާއެއް ހާލުގައި ޖެހި 32 މީހެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.

މި އަލިފާނުގެ ހާދިސާގައި މޯނިންވިއު ގޭގެ ހުޅަނގު ފަރާތު އިމާރާތް ދިރި ނޫޅެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.