ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެއް ކަމަށްވާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާދިހު ނިޔާވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. އަދި އޭނާ ނިޔާވެފައިވަނީ ހޮނޑުލެވި ހޭނެތުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މާދިހު ނިޔާވެފައިވަނީ އުމުރުން 52 އަހަރުގައެވެ.

މާދިހު އަކީ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ.

އެގޮތުން ކުޅިވަރު މުދައްރިސެއްގެ ގޮތުގައި ސުކޫލުތަކުގައި ހިދުމަތް ކުރައްވާފައިވާއިރު އެފްއޭއެމްގެ ބައެއް މަގާމުތަކާއި ކުޅިވަރު އެހެން ބައެއް އެސޯސިއޭޝަންގެ އެކި މަގާމުތައް ވެސް މާދިހް ވަނީ ފުރުއްވާފައެވެ.

މާދިހު އަކީ ކޮވިޑުގައި މިދިޔަ އަހަރު ނިޔާވި ރ. އަތޮޅުގެ ކުރީގެ މެންބަރު ޒަކަރިއްޔާ އިސްމާއިލްގެ ބޭފުޅެކެވެ. އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލް އާއި އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމްގެ ބޭބެ ވެސް މެއެވެ.