ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 ޕަސަންޓް ނިމިފައިވާ ކަމަށެވެ.

އަދި އެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބާ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 ޕަސަންޓް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށިލުން އަދި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް 69.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.