ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ތިބެން ޖެހިފައިވައި މި ދުވަސްވަރު ދިރާގު ކަސްޓަމަރުންނަށް ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާތަކެއް ހަމަޖައްސައިދީފިއެވެ.
ދިރާގުން ބުނީ، މި ދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެން ދަން ޖެހިފައިވާ ދުވަސްވަރަކަށް ވާތީއާއި ކިޔަވާ ކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއް ކަމުން އިތުރަށް ލުއިފަސޭހަކޮށް ދިނުމަށް ހާއްސަ ޕެކޭޖްތަކެއް ތާއަރާފް ކުރާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 27 އިން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ނަގާ ބޫސްޓާ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް ވަނީ އިތުރު ހިލޭ ޑޭޓާ ދޭން ފަށާފައި ކަމަށް ދިރާގުން ބުނެއެވެ.
ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ
- ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ
- މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން ވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެ.
- ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓް އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާ އޮރު، 200 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ
- ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓަރ އެކްޓިވޭޓް ކުރަށްވައިގެން 100 ޕަސެންޓް އިތުރު އެލަވަންސް ލިބިގެންދާނެ
- ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރަށްވާ ބޫސްޓަރތަކުން 100 ޕަސެންޓް އިތުރު އެލަވަންސް ލިބިގެންދާނެ
- ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން 30 ޕަސެންޓް އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެ
- ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮން ތަކުން 30 ޕަސެންޓް ހިލޭ އުތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ
- ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން 30 ޖޫން ގެ ކުރިން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮންތަކަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ
ދިރާގުން ބުނީ އެ ކުންފުނިން އުންމީދު ކުރަނީ، ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި ގޭގައި ރައްކާތެރިކަމާ އެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.
ދިރާގުން ވަނީ މިއަދު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބިގެންދާ ޑޭޓާގެ އިތުރަށް އެއްވެސް ހަރަދަކާ ނުލާ ހިލޭ ޑޭޓާ މި ޖޫން މަހު ވެސް ދީފައެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 ޕަސެންޓް ހިލޭ އިތުރު ޑޭޓާ ލިބިގެން ދިޔައިރު، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާއި 200 ޕަސެންޓް އާ ދެމެދުގެ ހިލޭ ޑޭޓާ ވަނީ ފޯރުކޮށް ދީފައެވެ.
މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ހިލޭ އިތުރު އެލަވަންސް ލިބިގެން ދިޔައިރު ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ވަނީ މި ޖޫން މަހަށް ފޯރުކޮށް ދީފައެވެ.